ގްރޭޑް1 ގެ އަލަށް މުރާޖަޢާކުރެވުނު ހިސާބު ސިލަބަހާއި ދަރިވަރުންގެފޮތާއި، މުދައްރިސުންގެ ފޮތުގެ އޮރިއެންޓޭޝަން ސެޝަނެއް އެން.އައި.އީން ކުރިއަށް ގެންގޮސްފިއެވެ.

 ސެޕްޓެމްބަރު 15 ވަނަ ދުވަހު ވާރޓުއަލްކޮށް ކުރިއަށްދިޔަ ސެޝަނުގައި މުދައްރިސުންނާއި ލީޑިންގ ޓީޗަރުން ބައިވެރިވެފައިވެއެވެ.

 މުޅި ރާއްޖޭގެ ހުރިހާ ސްކޫލަތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަނުގައި 430 ބައިވެރިން ބައިވެރިވިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ބިގްބުކް ތައްޔާރު ކުރުމުގެ ޚާޢްޞަ މަސައްކަތު ބައްދަލުމެއް އެ އިންސްޓިޓިއުޓްގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

 މި މަސައްކަތު ބައްދަލުވުމަކީ ތުއްތު ކުދީންގެ ކިބައިގައި ކިޔުމުގެ އާދަޔާ ޝައުޤު ވެރިކަން އަށަގެންނެވުމަށްޓަކައި، އެކުދީން ޝައުޤު ވެރިކަމާއެކު ކިޔާނެ  ފުރިހަމަ " ކިޔުމުގެ އާލާތް " ތައްޔާރު ކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

 2021 ސެޕްޓެމްބަރ 9 އިން 2021 ސެޕްޓެންބަރު 12 އަށް އޮންލައިން ކޮށް ކުރިޔަށް ގެންދާ މިމަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ 8 އަތޮޅަކުން 162 ޓީޗަރުން ބައިވެރިވެލެއްވިއެވެ. މިގޮތުން މި ބުރުގައި ފުރުސަތު ދެވިފައިވަނީ، ރ،ޅ،ވ،މ،ފ،ދ،ޏ އަދި ސ އަތޮޅުގެ ޕްރީ ސްކޫލް ޓީޗަރުންނަށެވެ.

 މި މމަސައްކތު ބައްދަލުވުމުގައި ތައްޔާރު ކުރާ ތަކެތި ޔުނިސެފްގެ އެހީ ގައި ޗާޕު ކުރުމަށް ފަހު ސްކޫލް ތަކަށް ފޯރުކޮށްދެއްވާނެ ކަމަށް އެން،އައި،އީ  އިން މަޢުލޫމާތު ދެއްވައެވެ.

 މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިން ނަށް މަޢުލޫމާތު ދެއްވާނީ އެއް،އައި،އީގެ ފަންނީ ބޭފުޅުންގެ އިތުރުން ތަޢުލީމީ ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނެވެ.

 "ރިވައިޒްޑް ކަރިކިއުލަމް އޮރިއެންޓޝާން ފޯރ ފައުންޑޭޝަން" ގެ ނަމުގައި ޚާއްޞަ މަސައްކަތު ބައްދަލުވުމެއް އެން. އައި.އީ ގައި 2021 އޯގަސްޓް 8 ގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، ޤައުމީ މަންހަޖު ރިވައިޒް ކުރުމަށްފަހު ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

ވާރޗްއަލްކޮށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ފައުންޑޭޝަން ސްޓޭޖް ގެ ހުރިހާ ޓީޗަރުންނަށެ ބައިވެރި ވުމުގެ ފުރުސަތު ދެވިފައިވެއެވެ.

ޤައުމީ މަންހަޖް ރިވައިޒް ކުރުމާ ގުޅިގެން ކިޔަވައި ދިނުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ރިޢާޔަތްކޮށް ފިލާވަޅު ތައްޔާރު ކުރާނެ ގޮތާއި، ކިޔަވައިދިނުމަށް ގެންނަންޖެހެ މުހިންމު ބަދަލުތައް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް އޮޅުންފިލުވައި ދެވޭނެއެވެ. އަދި މަންހަޖަށް މިގެނެވުނު ބަދަލުތަކާ ގުޅިގެން އުނގެނުމުގެ މާހައުލުން މުދައްރިސުންނަށް ކުރިމަތިވާ ހުރަސްތައް ގިރާ ކުރުމުގައި ވިސްނުން ގެންގުޅެންވީ ގޮތްތަކާ އުކުޅުތައް ބައިވެރިންނަށް އޮޅުން ފިލުވައިދެވޭނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް  މަޢުލޫމާތު ދެއްވާނީ އެން، އައި، އީގެ ޤާބިލު ފަންނީ މުވައްޒަފުންނެވެ.