2017 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އައުމަންޙަޖުގެ މޮނިޓަރިން ފެށުން 

2017 ވަނަ އަހަރު ފައުންޑޭޝަން ސްޓޭޖްގެ އައުމަންޙަޖުގެ މޮނިޓަރިން ފެށުމުގެ ގޮތުން މާލޭގެ 8 ސްކޫލަކަށް އެން.އައި.އީ ގެ ޓީމްތަކުން ޒިޔާރަތްކޮށްފިއެވެ. މި ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ މަދަރުސަތުލް އަމީރު އަޙުމަދު، ގަލޮޅު މަދަރުސާ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ފަލާޙު ޕްރީސްކޫލް، މާފަންނު މަދަރުސާ، މުޙުޔިއްދީން ސްކޫލް، ޣާޒީ ސްކޫލް އަދި ރެހެންދި ސްކޫލެވެ.

      ފެބުރުއަރީމަހުގެ 13 އިން 26 އަށް ކުރިއަށްދިޔަ މި ޒިޔާރަތްތަކުގައި ޕްރީސްކޫލް ކްލާސްތަކުގެ ކިޔަވައިދިނުން ކުރިއަށްދާގޮތް ބަލައި ސްކޫލްތަކުގެ މެނޭޖްމަންޓާއި، ޓީޗަރުން އަދި ބެލެނިވެރިންނާއި ބައްދަލުކޮށް  މަންޙަޖު ތަންފީޒުވަމުންދާގޮތާ ގުޅޭގޮތުން ލަފާއާއި އިރުޝާދު ދެވިފައިވެއެވެ.