ޢިއުލާން

ކިޔަވައި ދިނުމުގެ އެހީއެއްގެ ގޮތުގައި ޕްރީސްކޫލް އުމުރު ފުރައިގެ ކުދިންނަށް ބޭނުންވާ "ބިގްބުކް" އުފެއްދުމުގެ މުބާރާތް

މިއިންސްޓިޓިއުޓްގެ ފަރާތުން ޕްރީސްކޫލް އުމުރު ފުރައިގެ ކުދިންނަށް ބޭނުންވާ "ބިގްބުކް" އުފެއްދުމަށް، ބާއްވާ މުބާރާތެއް ދިވެހިރާއްޖޭގެ ޕްރީސްކޫލްތަކުގެ ޓީޗަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިކަމަށް ޝައުޤުވުރިވާ ފަރާތްތަކުން މިއިންސްޓިޓިއުޓަށް ބިގްބުކް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 2018 ޖެނުއަރީ 2 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ބިގްބުކް މުބާރާތުގެ ޤަވާޢިދު

ހުށައަޅާ ވާހަކަ އޮންނަންވާނީ ދިވެހިބަހުން ލިޔެފައެވެ. ޖުމްލައެއްގެ ދިގުމިން 6 ބަހަށްވުރެ ގިނަވެގެން ނުވާނެއެވެ. ލިޔެފައި އޮންނަންވާނީ ދިވެހިބަހުގެ ޤަވާޢިދުތަކަށްފެތޭ ކުރު ސާދާ ޖުމުލަ ތަކަކުންނެވެ. ކޮންމެ ގަނޑެއްގައި ވެސް ބޭނުންކުރެވޭނީ އެންމެ ގިނަވެގެން 3 ޖުމުލައެވެ. ވާހަކަ ފޮތުގައި އޮންނަންވާނީ ބޭރުގަނޑާ އެކު ޖުމުލަ 10 ގަނޑެވެ. ކޮންމެ ވާހަކަ ފޮތެއް ވެސް ބިނާ ވެފައި އޮންނަންވާނީ މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގައި ކަނޑަ އަޅާފައިވާ ކޮންމެވެސް އެއް ޤާބިލިއްޔަތަކަށް ނުވަތަ އަގު ތަކާއި ސިފަތަކުގެ މައްޗަށެވެ. ވާހަކަ އިން ޢިބްރަތެއް ޙާޞިލުވާންވާނެއެވެ. ކޮންމެ ވާހަކަ އެއްވެސް ވާންވާނީ އަމިއްލަ އަށް ލިޔެފައިވާ ވާހަކަ އަކަށެވެ. ވާހަކަ ލިޔެފައި އޮންނަންވާނީ 6-4 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިންނާ ގުޅޭ ގޮތަށެވެ. ވާހަކަ ލިއުމުގައި ރާއްޖޭގެ ސަޤާފަތާ ހުރިހާކުދިން ޝާމިލުކުރުމުގެ އުޞޫލާ އެއްގޮތަށް ވާހަކަ ފޯރުކޮށްދިނުމާ އަދި ދެޖިންސް ހަމަހަމަވާގޮތަށް ވާހަކަ ހުށަހެޅުމަށް އިސްކަމެއްދޭންވާނެއެވެ.

 1. ލޭއައުޓް

1.1 ލިޔުންތައް ހުންނަންވާނީ ފޮންޓް ސައިޒް 36 އިން ޕްރިންޓް ކޮށްފައެވެ.

1.2 ގަނޑުގެ ހަވާސާ (މާރޖިން) ހުންނަން ވާނީ ސްޓޭންޑަރޑް ހަވާސާ (މާރޖިން) ދޫކުރާ އުސޫލުން އެއް އިންޗި މަތިންނާއި ތިރިން ދޫކުރެވިފައެވެ.

   1.3 ދެ ފޮޅުވަތް ދޭތެރޭ ގައި ދެއަކުރުގެ ޖާގައެއް (ޑަބަލް ސްޕޭސިންގ) ދީފައި އޮންނަން ވާނެއެވެ.

   1.4 މުޞައްނިފް (އޯތަރ) އަދި ކުރެހުންތެރިޔާ (އިލަސްޓްރޭޓަރ)ގެ ނަން ލިޔެފައި އޮންނަންވާނީ ވާހަކަ ފޮތުގެ ބޭރުގަނޑުގައި އެކަންޏެވެ.

   1.5 ރިފަރެންސް އެއްގެގޮތުގައި އެއްވެސް އެއްޗެއް ބޭނުނުންކޮށްފައިވާނަމަ، ރިފަރެންސް ގައި ހިމަނަން ވާނެއެވެ.

   1.6  ކޮންމެ ގަނޑެއްގައި ޞަފްހާ ނަމްބަރު އޮންނަންވާނެއެވެ. އަދި ވާހަކަ އޮންނަންވާނީ ފޮތެއްގެ ގޮތުގައި ބައިންޑް ކޮށްފައެވެ.

  1.7  ވާހަކައިގެ ނަން ފާޅުކޮށް އޮންނަން ވާނެއެވެ.

1.8 ތަސްވީރާއި ވާހަކައިގެނަމާއި ގުޅިފައިވާންވާނެއެވެ.  އަދި ކުދީންނާ އެކަށީގެންވާ ގޮތަށް ވާހަކަ ލިޔުނު މީހާގެ ނަން (މުސައްނިފް) ސާފުކޮށް ފާހަގަވެފައި އޮންނަން ވާނެއެވެ. އަދި ވަނަތަކަށްދާ ފަރާތުގެ ނަން ވާހަކަފޮތުގެ ބޭރުގައި އެފަރާތުގެ ނަން ޝާއިޢު ކުރެވޭނެއެވެ.

2. ކުރެހުން ތައް (އިލަސްޓްރޭޝަން)

2.1 ވާހަކައިގެ ކުރެހުންތައް ހުންނަންވާނީ އަތުން ނޫންނަމަ ކޮމްޕިޔުޓަރ އިން ކުލަޖައްސައި ޕްރިންޓް ކުރުމަށް އެކަށީގެންވާ ފެންވަރެއްގައެވެ.

2.2 ކްލިޕްއާރޓް ނުވަތަ ޑައުންލޯޑް ކުރެވިފައިވާ ކުރެހުން ބޭނުން ކުރާނަމަ ބަހައްޓަން ޖެހޭނީ ކޮޕީރައިޓް ހުންނަ ކުރެހުންތައް އެކަންޏެވެ.   

2.3 ހުރިހާ ކުރެހުންތަކެއްވެސް ކުދިންނާއި ގުޅޭގޮތަށް ސާފުވެފައި ލިއުމާއި ގުޅުން ހުންނަންވާނެއެވެ.

3. ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ކަނޑަ އެޅިފައިވާ އިނާމު

3.1 އެއްވަނައަށް އަންނަ ފަރާތަކަށް -/6000ރ (ހަހާސް ރުފިޔާ)

3.2 ދެވަނައަށް އަންނަ ފަރާތަކަށް  -/4000ރ (ހަތަރުހާސް ރުފިޔާ)

3.3 ތިންވަނައަށް އަންނަ ފަރާތަކަށް -/3000ރ (ތިންހާސް ރުފިޔާ)

3.4 މީގެ އިތުރުން ހޮވޭ 5 ފަރާތުން ކޮންމެ ފަރާތަކަށް -/2000ރ (ދެހާސް ރުފިޔާ)

ނޯޓް

މި ވާހަކަ މުބާރާތް ހުޅުވާލެވިފައި ވަނީ ދިވެހިރާއްޖޭގެ ޕްރީސްކޫލް ތަކުގެ ޓީޗަރުންނަށެވެ. ކޮންމެ ޕްރީސްކޫލް ޓީޗަރަކަށްވެސް އެއް ވާހަކައަށްވުރެ ގިނަވާހަކަ ހުށަހެޅިދާނެއެވެ. ވާހަކަ ހުށަހަޅާއިރު ވާހަކައިގެ ސޮފްޓް ކޮޕީ މި އިންސްޓިޓިއުޓްގެ ޓީޗަރ އެޑިއުކޭޓަރ އަލްފާޟިލާ ޢާއިޝަތު ޝިފާ This email address is being protected from spambots. You need JavaScript enabled to view it. އަށް މެއިލް ކުރައްވަންވާނެއެވެ.  އަދި This email address is being protected from spambots. You need JavaScript enabled to view it. އަށް  ކޮޕީ ކުރައްވަންވާނެއެވެ. އެން.އައި.އީ އަށް ހުށަހަޅާ ވާހަކަ ފޮނުއްވާނީ A3 ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު ބޭރުގައި ހުށަހެޅި ފަރާތުގެ ނަމާއި ރަށް އަދި މަސައްކަތްކުރާ ސްކޫލް ޖައްސަވާފައެވެ.  ވާހަކަ ޕްރިންޓް ކޮށްފައި އޮންނަންވާނީ  A3 ސައިޒް ގެ ހުދު ގަނޑަށެވެ. މިއުޞޫލުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ އެކަމަކާއި ދޭތެރޭ ގޮތެއްނިންމާނީ އެން. އައި. އީ ގެ މަޝްވަރާގެމަތިންނެވެ. (3323242/ 3023500)

v     މިމުބާރާތަށް ހުށަހަޅާވާހަކަ ތަކުން ވަނަވަނައަށް ހޮވޭ ވާހަކަތައް ޗާޕްކުރާނީ އެވާހަކައެއް ހުށަހެޅިފަރާތެއްގެ ނަމުގައެވެ. ނަމަވެސް މި އިންސްޓިޓިއުޓުން ޕަބްލިޝްކުރާ ވާހަކައެއްގެ ގޮތުގައެވެ.   

v     އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޓީޗަރ އެޑިއުކޭޓަރ އަލްފާޟިލާ ޢާއިޝަތު ޝިފާ (7982141) ނުވަތަ ޓީޗަރ އެޑިއުކޭޓަރ އަލްފާޟިލާ ޢާއިޝަތު އަޒީފާ (7407625) އާއި ގުޅުއްވުން އެދެމެވެ.  

     06 ޞަފަރު 1439

26 އޮކްޓޯބަރ 2017